ޚަބަރު

ނ. ލަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފި

ނ. ލަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ، ޝާހިދު ހުސެއިން މޫސާއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން ބޮޑު ހިލަ ބޭނުންކޮށްގެން 401 މީޓަރ ބޭރު ތޮށި ހެދުމާއި، 256 މީޓަރ އެއްގަމު ތޮށި ހެދުމާއި، 13 މޫރިން ބުލޮކް ލުމާއި، 13 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުމާއި، 1280 ސްކެއަރ މީޓަރ ޕޭވްމަންޓެއް ހެދުމާއި، 23000 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 2000 ކިއުބިކް މީޓަރ ނެރުފުން ކުރުމާއި، 60 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި 65 މީޓަރުގެ ގުރޯއިން ޖެހުންވެސް ހިމެނެއެވެ. 

35,603,963.70 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ނ. ލަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފި