ޚަބަރު

ރ. ރަސްގެތީމު ޖެޓީ އަދި ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމާށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ. ރަސްގެތީމު ޖެޓީ އަދި ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމާށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޒަމީރެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 359 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 125 މީޓަރ ގްރޮއިން ޖެހުމާއި، 140 މީޓަރ ރިވެޓްމަންޓް ޖެހުމާއި، ބަނދަރު އަދި ނެރު ފުންކުރުމާއި، 272 މީޓަރ އެލް ބްލޮކް އެއްގަމުތޮށި ޖެހުމާއި، 10 މޫރިންގ ބްލޮކްސް ޖެހުމާއި، ރޭމްޕެއް ހެދުމާއި، އެއްގަމުތޮށި ވަށައިގެން 1,360 އަކަފޫޓުގެ ޕޭވްމަންޓް ހެދުމާއި، ޖެޓީ ހެދުމާއި، 2 ނެވިގޭޝަން ލައިޓު ޖެހުމުގެ އިތުރުން 14 މަގު ބައްތި ހަރުކުރުން ހިމެނެއެވެ.

50,000,095.25 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ

ރ. ރަސްގެތީމު ޖެޓީ އަދި ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމާށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި