ވުޒާރާ
މިޝަން
ދިވެހިރާއްޖެއަކީ ތަނަވަސް، އިޖްތިމާއީ ހިދުމަތްތަކާއި، މޫސުން ވިލުންކުރުމާއި، ހަމަހަމަ އަދި ގުޅިފައިވާ ރަށްތަކަށް އިޖްތިމާއީ ހިދުމަތްތަކާއި އިޤްތިޞާދީ ފުރުސަތުތައް ފަހިކޮށްދިނުމާއި، އިޖްތިމާއީ އަދާލަތު ފެތުރުމާއި، ސަރުކާރުން ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، ތިމާވެށި ރައްކާތެރިކޮށް، އިންސާނީ ހައްޤުތަކަށް އިހުތިރާމް ކުރުން.
ވިޝަން
ދިވެހިރާއްޖޭގައި އެކި ރަށްތަކަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ފަސޭހައިން ލިބެން ހުންނަ ހިދުމަތްތަކަކަށް ހަދާ، ހަމަހަމަކޮށް، ތަނަވަސްކޮށް އެ ހިދުމަތްތައް ފޯރުކޮށްދިނުން.
މެންޑޭޓް
1. ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލުމާއި، ވަޒަންކުރުމާއި، ސަރުކާރުގެ ދާއިރާތަކުން ކަނޑައަޅާ އަދި ހިންގާ ތަރައްޤީގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްދިމާއަކަށް މިސްރާބުކުރުމަށް ޓަކައި އެ ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުން.
2. ތަރައްޤީގެ މަޝްރޫޢުތަކަށް ޤައުމީ ފެންވަރުގައި އިސްކަންދޭ ތަރުތީބު ކަނޑައެޅުން.
3. ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިނޭންސް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޯދުން.
4. ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ބޭރުގެ އެހީ ބޭނުންވާ މަޝްރޫޢުތަކުގެ ޕައިޕްލައިން އެކުލަވައިލުމާއި، ބޭރުގެ އެހީގެ ފުރުޞަތުތައް ފުރިހަމައަށް ބޭނުންކުރުމަށްޓަކައި ކަމާބެހޭ ދާއިރާތަކަށް ލަފަޔާއި މަޝްވަރާ ދިނުން.
5. ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ދައުލަތުގެ އިދާރާތަކުން ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.
6. ޤައުމީ ތަރައްޤީގެ ޕްލޭނނާއި، "ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް" އާއި ތަރައްޤީގެ އެހެނިހެން މަސައްކަތްތައް ކުރިއަށްދާ މިންވަރު ވަޒަންކުރުމާއި، މަސައްކަތް ކުރިއަށް ގެންދިއުމުގައި ދަތިކޮށް ދިމާވާ ކަންކަން ޙައްލުކުރުމުގައި ދައުލަތުގެ އޮފީސްތަކަށް އެހީތެރިވުން.
7. އ.ދ. އާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ރާއްޖޭގައި ހިންގާނެ ތަރައްޤީގެ މަސައްކަތްތައް ކަނޑައަޅައި، ކަމާބެހޭ ދާއިރާތަކާ ގުޅިގެން އެ މަސައްކަތްތައް ރާވައި ހިންގުން.
8. ޤައުމީ ތަރައްޤީގައި އަމިއްލަ ޖަމާޢަތްތަކުގެ ދައުރު ފުޅާކުރުމުގެ ސިޔާސަތު ހިންގުން.
9. އ.ދ. އިން ކަނޑައަޅައިފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް) އާބެހޭ ސަރުކާރުގެ ފޯކަލް ޕޮއިންޓުގެ ދައުރު އަދާކުރުމާއި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މި މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެލުމާއި، މި ލަނޑުދަނޑިތައް ހާސިލުވަމުންދާ މިންވަރު ބަލައި، ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.
10. ރާއްޖޭގެ ސަރަޙައްދީ ސްޕޭޝަލް ޕްލޭންތައް ތައްޔާރުކުރުމާއި، އާބާދީ ސަރަޙައްދުތައް ކަނޑައެޅުން.
11. އަރބަން ސަރަޙައްދުގެ ގޮތުގައި ކަނޑައެޅޭ ސަރަޙައްދުތަކުގައި ހިމެނޭ އަރބަން އޭރިޔާތަކާއި ޚިދުމަތްދޭ މަރުކަޒުތަކާއި، އިޤްތިޞާދީ ކަންކަމަށާއި އިޖުތިމާޢީ ކަންކަމަށް ކަނޑައެޅިފައިވާ ސަރަޙައްދު ނުވަތަ ރަށްރަށް ހިމެނޭގޮތަށް، އަރބަން ސަރަޙައްދުގެ މާސްޓަރ ޕްލޭން ހަދައި، މައިގަނޑު އިންފްރާސްޓްރަކްޗަރތަކާއި ޚިދުމަތްތައް އިންޓަގްރޭޓް ކުރެވޭނެ ގޮތްތަކެއް އެކުލަ ވައިލުން.
12. ރާއްޖޭގެ ރަށްރަށުގެ ބިނާވެށި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް ޓަކައި ރަށްރަށުގެ ލޭންޑް ޔޫޒް ޕްލޭން އެކުލައިލުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، ލޭންޑް ޔޫޒް ޕްލޭންތައް ފާސްކުރުމާއި، މި ޕްލޭނާ ގުޅޭ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ހަދައި، ހިންގުމުގެ އޮނިގަނޑު އެކުލަވައިލުން.
13. މިހާރު އާބާދުކުރެވިފައިވާ ރަށްރަށާއި އަލަށް އާބާދުވަމުންދާ ރަށްރަށުގެ ބިނާވެށީގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، އަރބަން ރީޑިވެލޮޕްމަންޓް ޕްލޭން ތައްޔާރުކުރުމާއި، މި ޕްލޭނުގެ ދަށުން ހާސިލުކުރަން ބޭނުންވާ މަޤްޞަދުތައް ހާސިލުވޭތޯ ބެލުމާއި، ރީޑިވެލޮޕްކުރެވޭ ސަރަޙައްދުތައް ތަރައްޤީކުރުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުން.
14. އަރބަން ސެންޓަރުތައް ތަރައްޤީކުރުމަށް އެކިއެކި ފަރާތްތަކުން ހިންގާ މަޝްރޫޢުތައް މޮނިޓަރކޮށް، އަރބަން ސަރަޙައްދުތަކުގެ މާސްޓަރ ޕްލޭނުގައި ކަނޑައަޅައިފައިވާ މަޤްޞަދުތައް ހާސިލުވޭތޯ ބެލުން.
15. ތަރައްޤީގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން އަރބަން ސެންޓަރުތަކުގެ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭންތައް މުރާޖަޢާކޮށް، ޤައުމީ ތަރައްޤީގެ ޕްލޭނުގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި މާސްޓަރ ޕްލޭންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
16. ރާއްޖޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމަށްޓަކައި މުޅި ރާއްޖޭގެ ފިޒިކަލް ޑިވެލޮޕްމަންޓް އޮނިގަނޑެއް ކަނޑައަޅައި، މި އޮނިގަނޑުގެ ދަށުން ތައްޔާރުކުރެވޭ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވައިލުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، މިންގަނޑުތައް ކަނޑައަޅައި، އެފަދަ ޕްލޭންތައް ކުރެވެނީ މި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުން.
17. ރާއްޖޭގެ ބިމުގެ ދަފުތަރު ބެލެހެއްޓުމާބެހޭ މިންގަނޑުތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ބިމުގެ ދަފުތަރު ބެލެހެއްޓުމުގެ ނިޒާމެއް ޤާއިމުކޮށް ހިންގުން.
18. ދިވެހިރާއްޖޭގެ ބިމާބެހޭ ސިޔާސަތު އެކުލަވައިލުމާއި، ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން.
19. ރާއްޖޭގެ ބިން އަގުކުރާނެ އުސޫލުތަކާއި، މިންގަނޑުތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިކަން ހިންގުން.
20. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ބިން، ގެދޮރު އެޅުމަށާއި، އާބާދީގެ އެހެނިހެން ބޭނުންތަކަށް، އެކަށޭނަ ގޮތުގައި ބޭނުންކުރުމާބެހޭ މިންގަނޑުތައް ކަނޑައެޅުން.
21. ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅައި، އެ ސިޔާސަތު ތަންފީޒުކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.
22. ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ހިޔާވަހިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އެފަދަ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.
23. ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ދެވޭ ހިޔާވަހިކަމުގެ އަސާސީ މިންގަނޑުތައް ކަނޑައެޅުން.
24. ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ރައްޔިތަކަށްވެސް ދިރިއުޅުމަށް ކަމުދާ ފެންވަރުގެ ހިޔާވައްސެއް ލިބިދެވޭނެ ގޮތްތައް ރާވައި، އެކަމަށް މަގުފަހިކުރެވޭނެ ގޮތަށް ކަމާބެހޭ އުސޫލުތައް އެކުލަވައިލައި، އެ އުސޫލުތައް ހިންގުން.
25. ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ލުއިފަސޭހަގޮތެއްގައި ގެދޮރު ލިބިދިނުމުގެ ނިޒާމެއް ހަމަޖައްސައި، އެ ނިޒާމުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތަށް ހިޔާވަހިކަން ލިބިދެވޭތޯ ބެލުން.
26. ހިޔާވަހިކަމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރާ ތަންތަނުގެ ތެރެއިން މިނިސްޓްރީން ބެލެހެއްޓުމަށް ކަނޑައަޅާ ތަންތަން ހިންގައި ބެލެހެއްޓުން.
27. ޤާނޫނު ނަންބަރ 2017/4 (އިމާރާތްކުރުމުގެ ޤާނޫނު) ތަންފީޛު ކުރުން.
28. ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ބޭނުންވާ ސިޔާސަތު ކަނޑައަޅައި، ތަރައްޤީކޮށް ކުރިއެރުވުން.
29. ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއާބެހޭގޮތުން އެކުލަވައިލަންޖެހޭ ގަވާއިދުތަކާއި، ކޯޑުތަކާއި، ސްޓޭންޑަޑްތައް ހަދައި، ބަލަހައްޓައި، ހިންގުން.
30. އެއްމެދު އިމާރާތްތަކާބެހޭ ގަވާއިދުތައް ހަދައި، ބެލެހެއްޓުން.
31. ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއާއި ބެހޭގޮތުން ޑްރާފްޓްކުރާ ބިލުތައް އެކުލަވައިލުމުގައި މަޝްވަރާ ދިނުމާއި، އެފަދަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިމާރާތްކުރުމުގެ ދާއިރާގެ ކަންތައްތައް ބަލަހައްޓައި، ހިންގުން.
32. ރާއްޖޭގެ އިމާރާތްތަކަކީ ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކޮށްދޭ، ރައްކައުތެރި ތަންތަން ކަމުގައި ހެދުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުން.
33. އިމާރާތްކުރުމުގެ ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ބަލައި، އެ ފަރާތްތައް ރަޖިސްޓަރީކުރުމާއި، ލައިސަންސް ދިނުން.
34. ދެމެހެއްޓެނިވި ގޮތެއްގައި އިމާރާތްކުރުމުގެ ދާއިރާ ކުރިއަރުވައި، ހިންގުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރުން.
35. އިމާރާތްކުރުމާބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅުން އުފައްދައި، ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާއިން ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ ލަފާދިނުމާއި، މިކަމާގުޅޭ މަޢުލޫމާތު އާންމުކުރުން.
36. އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި އެ ދާއިރާއަށް ބޭނުންވާ ޓެކްނޯލޮޖީ އުފެއްދުމަށްޓަކައި ސަރުކާރުގެ ދާއިރާތަކާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅިގެން މަސައްކަތްކުރުން.
37. ސަރުކާރުގެ އިމާރާތްތަކުގެ ޖާގަ ބޭނުންކުރާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، ޖާގަ ކަނޑައެޅުމަށް ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، އެ މިންގަނޑުތަކަށް ޢަމަލުކުރަމުންދޭތޯ ބަލަމުން ގެންދިއުން.
38. ބިން ހިއްކުމާއި ޑްރެޖް ކުރުމުގެ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.
39. އިމާރާތްކުރުމުގެ ދާއިރާއަށް އަންނަ ބަދަލު ދެނެގަތުމަށް ދިރާސާކުރުމާއި، އިމާރާތްކުރުމާ ގުޅޭ އިންޑެކްސްތައް ނެރުމާއި ފަސޭހަ ގޮތަކަށް އިމާރާތްކުރުމުގެ ތަކެތި ލިބޭނެ ގޮތް މަގުފަހިކުރުމަށް މަސައްކަތްކުރުން.
40. ޤުދުރަތީގޮތުންނާއި، އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކާއި، ހާދިސާތަކާ ގުޅިގެން ރަށްރަށުގެ ޕަބްލިކް އިމާރާތްތަކާއި، އެހެނިހެން އިންފްރާސްޓްރަކްޗަރތަކަށް ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު އެއްކޮށް ދިރާސާކުރުމާއި، މިފަދަ ގެއްލުންތަކުން ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތައް ދަނެގަތުން.
41. ސަރުކާރުގެ އެހެން އިދާރާތަކުން ހިންގުމަށް ހަވާލުކުރެވޭ މަޝްރޫޢުތައް ފިޔަވައި ޕަބްލިކް އިންފްރާސްޓްރަކްޗަރުގެ މަޝްރޫޢުތައް (ހިޔާވަހިކަމާއި، މަގާއި، ބްރިޖާއި، ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމާއި، ހަކަތައިގެ ވިއުގައާއި، މުވާޞަލާތީ ވިއުގައާއި، އެއަރޕޯޓާއި، ޕޯޓާއި، ބަނދަރާއި، ބިން އުފެއްދުމާއި، ކޯސްޓަލް ޕްރޮޓެކްޝަނުގެ މަޝްރޫޢުތައް ހިމެނޭގޮތަށް) ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލުމާއި، އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
42. ސަރުކާރުގެ އޮފީސްތަކުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މީޓިއޮރޮލޮޖީއާ ބެހޭ ދާއިރާގެ މަޝްރޫޢުތައް ފިޔަވައި، އެހެން މަޝްރޫޢުތަކުގެ ތެރެއިން 5 މިލިޔަން ދިވެހި ރުފިޔާއަށްވުރެ ބަޖެޓް ބޮޑު ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލައި އެ މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ބެލުން.
43. ލޯކަލް ކައުންސިލްތަކާ ގުޅިގެން ހިންގަންޖެހޭ ޕަބްލިކް އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތައް އެ ކައުންސިލްތަކާ ގުޅިގެން ހިންގުން.
44. ޤުދުރަތީގޮތުންނާއި، އެ ނޫން ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކާއި، ހާދިސާތަކާ ގުޅިގެން ރަށްރަށުގެ ޕަބްލިކް އިންފްރާސްޓްރަކްޗަރތަކަށް ލިބޭ ގެއްލުންތައް މަރާމާތު ކޮށްދިނުމުގެ ކަންތައް ހިންގައި ވިލަރެސްކުރުމާއި، އެފަދަ ކަންކަމާ ގުޅިގެން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މިނިސްޓްރީގެ ދާއިރާއިން ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދިނުން.
45. ޤުދުރަތީގޮތުންނާއި، އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކާއި، ހާދިސާތަކާ ގުޅިގެން، ދިރިނޫޅެވޭވަރަށް ގެދޮރަށް ގެއްލުންލިބޭ މީހުންނަށް ދާއިމީ ހިޔާވަހި ބިނާކޮށްދިނުމުގެ ކަންތައް ހިންގައި ވިލަރެސްކުރުން.
46. ސަރުކާރުން އިންތިޒާމްކުރާ ޚާއްޞަ ހަރަކާތްތަކަށް މިނިސްޓްރީގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ދިނުން.
47. ސަރުކާރުގެ އޮފީސްތަކުން ހިންގާ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވައިލައި، މިކަންކަމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.
48. ސަރުކާރުގެ އޮފީސްތަކުން ހިންގާ މަޝްރޫޢުތަކާއި، ސަރުކާރު ހިއްސާވާ ފަރާތްތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރާނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ހުޅުވައިލެވޭ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގެ މަޢުލޫމާތު ދިރާސާކޮށް، ހުށަހެޅޭ ޓެންޑަރތަކާބެހޭ ގޮތުން ޓެންޑަރ އިވެލުއޭޝަން ބޯޑަށް މަޝްވަރާއާއި ލަފާ ދިނުން.
49. ސަރުކާރުގެ އޮފީސްތަކުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މީޓިއޮރޮލޮޖީއާބެހޭ ދާއިރާގެ މަޝްރޫޢުތައް ފިޔަވައި، އެހެން މަޝްރޫޢުތަކަށް ސަރުކާރުގެ އޮފީސްތަކުން ހޯދާ ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު.) ގައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކެއްތޯ ބެލުން.
50. އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ނިމުމުން، އެ ނިޒާމުތައް ބަލަހައްޓައި ޚިދުމަތްދޭނެ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތައް މެދުވެރިކޮށް އެ ނިޒާމުތަކުން ޚިދުމަތްދޭނެ އިންތިޒާމުތައް ހަމަޖެއްސުން.
51. އަރބަން ޑިވެލޮޕްމަންޓް މާސްޓަރޕްލޭނުގައި ކަނޑައެޅޭ ވަކިވަކި ސަރަޙައްދުތަކަށް އަރބަން ޑިވެލޮޕްމަންޓް މަޝްރޫޢުތައް ފާހަގަކޮށް، މިފަދަ މަޝްރޫޢުތައް ހިންގުމަށް މަގުފަހިކުރުން.
52. ދައުލަތުގެ އިމާރާތްތަކާއި، އެހެނިހެން އިންފްރާސްޓްރަކްޗަރތަކުގެ ދަފުތަރެއް ހަދައި ބަލަހައްޓައި، އެ ތަންތަން ބޭނުންކުރަމުންދާ ގޮތް ބެލުން.
53. ދައުލަތުގެ އޮފީސްތަކުގެ ޖާގަ ކަނޑައެޅުން.
54. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުންނެވެ.
1. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
2. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން
3. މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2021/16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.
1. ދިވެހިރާއްޖޭގައި ތަފާސްހިސާބު އެއްކުރުމާއި، ބެލެހެއްޓުމާއި ބޭނުންކުރުމުގައި އެއްހަމަ މިންގަނޑުތަކެއް ބޭނުންކުރުމަށް މަގުފަހިކުރުމުގެގޮތުން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޢަމަލުކުރާނެ މިންގަނޑުތަކެއް އެކުލަވާލުން.
2. ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމާއި، ތަފާސްހިސާބު ބޭނުންކުރުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، ފެންވަރު ހިފެހެއްޓުން.
3. ރަސްމީ ތަފާސްހިސާބަކީ ދީމިޤްރާޠީ މުޖްތަމަޢެއް ތަރައްޤީކުރުމުގައި ލާޒިމު ވަސީލަތެއްކަމުގައި ބަލައި، ދިވެހިރާއްޖޭގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށްޓާއި، އާބާދީއާބެހޭ ތަފާސްހިސާބުގެ އަލީގައި ޤައުމުގެ ޙާލަތު ވަޒަންކުރުމަށް އެހީތެރިވެދިނުމުގެގޮތުން ތަފާސްހިސާބު އެކުލަވާލައި، ފަސޭހައިން ބޭނުންހިފޭނެފަދަ ގޮތެއްގައި، ވަކިފަރާތަކަށް ނުޖެހި، އެއްހަމައެއްގައި އެ މަޢުލޫމާތު ޢާންމުކޮށް ފޯރުކޮށްދިނުން.
4. ތަފާސްހިސާބުގެ ޤައުމީ ނިޒާމުން ފޯރުކޮށްދޭ ތަފާސްހިސާބަކީ އިތުބާރުހުރި ތަފާސްހިސާބަށް ހެދުމަށްޓަކައި، ތަފާސްހިސާބު ބަލަހައްޓާ އިދާރާތަކުގައި ތަފާސްހިސާބު އެއްކޮށް، ރައްކާކޮށް، އަދި ޢާންމުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ ހަމަތަކާ އެއްގޮތަށް އެކުލަވާލުން.
5. ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި، ދިވެހިރާއްޖޭގެ ތަރައްޤީ ވަޒަންކުރުމަށް ކޮންމެހެން ބޭނުންވާ ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ޤައުމީ ފެންވަރުގައި ބޭނުންވާ މުހިންމު ސަރވޭތައް ކުރުމާއި، ތަފާސްހިސާބު އެކުލަވާލުމުގައި ބޭނުންކުރާނެ ކްލެސިފިކޭޝަން ނުވަތަ ކޯޑިންގ ސިސްޓަމްތައް އެކުލަވާލުން.
6. ފަޤީރުކަމާއި ދިރިއުޅުމުގެ ޙާލަތުގެ ނާޒުކުކަމާބެހޭ ތަފާސްހިސާބު އެއްކޮށް، އަދި ބެލެހެއްޓުން.
7. ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ ދުވެލި ވަޒަންކުރުމަށް ބޭނުންވާ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑާއި، ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީ.ޕީ.އައި) ފަދަ މުހިންމު އިޤްތިޞާދީ ތަފާސްހިސާބު އެއްކޮށް، އެކުލަވާލައި ޢާންމުކުރުން.
8. ސަރުކާރާއި ދައުލަތުގެ އެކި އިދާރާތަކުން ރަސްމީ ތަފާސްހިސާބު އަދި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވާލުމަށް ކުރެވޭ ސަރވޭތައް ރަޖިސްޓަރީކޮށް، އެ ރަޖިސްޓަރީ ބެލެހެއްޓުން.
9. ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ސިޔާސަތުތައް ކަނޑައެޅުމަށާއި އެ ސިޔާސަތުތައް ތަންފީޛުކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ ރަސްމީ ތަފާސްހިސާބާއި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް، ތަފާސްހިސާބުގެ ޤައުމީ ނިޒާމުގެ ތެރެއިން އެއްކޮށް، ބަލަހައްޓައި އެ މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
10. ދިވެހިރާއްޖޭގެ ލޭބަރ މާރކެޓާބެހޭ ސަރވޭތައްކުރުމާއި، ލޭބަރ މާރކެޓާބެހޭ ތަފާސްހިސާބު އެއްކޮށް، އެކުލަވާލައި، މަދުވެގެން ކޮންމެ 3 (ތިނެއް) އަހަރަކުން އެއްފަހަރު ޢާންމުކުރުން.
11. ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤައުމީ ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމުގައި ހިއްސާވެ އެހީތެރިވުމުގެގޮތުން، ދޭދޭ ޤައުމުތަކުގެ މެދުގައާއި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ތަފާސްހިސާބުގެ ރޮނގުން ގުޅުން ޤާއިމުކުރުން.
12. ޤައުމީ ފެންވަރުގައި ކޮންމެހެން ބޭނުންވާ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކަމަކާ ގުޅުންހުރި އިދާރާއެއް މެދުވެރިކޮށް އެއްކޮށް، އަދި ބެލެހެއްޓުމުގެ ކަންކަން ވިލަރެސްކުރުން.
13. ޤައުމީ ތަފާސްހިސާބުގެ ސްޓްރެޓަޖީތައް އެކުލަވާލައި، އަދި ތަންފީޛުކުރުން.
14. ޤައުމީ ތަފާސްހިސާބުގެ ސްޓްރެޓަޖީތަކަށް ބިނާކޮށް ޤައުމީ ތަފާސްހިސާބުގެ އަހަރީ ޕްރޮގްރާމް ތައްޔާރުކުރުމާއި، ތަފާސްހިސާބުގެ ޤައުމީ ނިޒާމުގެ ތެރެއިން އުފައްދަންޖެހޭ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ކަނޑައަޅައި، ޑިސެމިނޭޝަން ޕޮލިސީއާއި އެޑްވާންސް ރިލީޒް ކަލަންޑަރާ އެއްގޮތަށް ޢާންމުކުރުން.
15. ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ މަޢުލޫމާތު ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުން.
16. ތަފާސްހިސާބުގެ ޤައުމީ ނިޒާމު ތަރައްޤީކުރުމަށްޓަކައި ތަފާސްހިސާބުގެ ދާއިރާއިން މީހުން ބިނާކުރުން.
17. ރަސްމީ ތަފާސްހިސާބު ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފާދިނުން.
18. ރަނގަޅުނޫން ގޮތުގައި، ނުވަތަ މާނަ އޮޅޭގޮތަށް ތަފާސްހިސާބު ބޭނުންކުރާނަމަ އެކަންކަން އިޞްލާޙުކުރާނެގޮތުގެ ލަފާދިނުން.
19. ތަފާސްހިސާބާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވުން.
20. ތަފާސްހިސާބު އެއްކުރުމާއި، ރައްކާތެރިކޮށް ބެލެހެއްޓުމާއި ޢާންމުކުރުމާގުޅޭ ގަވާއިދުތައް ހަދައި ހިންގުން.
21. ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފުރިހަމައަށް ކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ބަލަހައްޓާ ރަސްމީ ތަފާސްހިސާބު އެއްކޮށް، އަދި އެކުލަވާލުމަށް އެއްވެސް އިދާރާއަކުން ނުކުޅެދޭފަދަ ޙާލަތްތަކުގައި، ބިއުރޯގެ ފަރާތުން އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
22. މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ބިއުރޯގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ މަސައްކަތްތައް
1. ދިވެހި ރައްޔިތުންގެ ތެރެއިން 10 އަހަރުންމަތީގެ ކޮންމެ މީހަކަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމާއި، އުމުރުން 10 އަހަރު ނުފުރޭ ކުޑަކުދިންނަށް ވަގުތީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމާއި، މިކަންކަމާގުޅޭ އެންމެހައި ކަންތައް ހިންގައި ބެލެހެއްޓުން.
2. އުފަންވާ ދިވެހި ކުޑަކުދިންނަށް ހަދައިދެވޭ އުފަންދުވަހުގެ ސެޓްފިކެޓުގައި އެކުދިންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖެހުމަށްޓަކައި ނަންބަރު ދޫކުރުން.
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ގެއްލުމުގެ ސަބަބުން ލިބެން އޮތް ޙައްޤެއް ގެއްލޭނަމަ، އަލުން ކާޑު ހަދައިދެވެންދެން، ކާކުކަން އަންގައިދޭ ވަގުތީ ރަސްމީ ލިއުމެއް އެ ފަރާތަކަށް ފޯރުކޮށްދިނުން.
4. ސަރުކާރުގެ އޮފީސް އޮފީހުން އާންމުންނާބެހޭ އެކިއެކި ކަންކަމުގައި ފޮނުވާ މުވައްޒަފުންނަށް "ކާކުކަން އަންގައިދޭ ކާޑު" ހަދައިދިނުމާއި، މިކަމާބެހޭ ރެކޯޑުތައް ބެލެހެއްޓުން.
5. ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި، މަރުވާ ކުދިންނާއި މީހުންގެ މަޢުލޫމާތު ބެލެހެއްޓުމާބެހޭ ތިރީގައިވާ ކަންކަންކުރުން.
(ހ) ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ފޫޅުމާފޯމު ފުރިހަމަކުރުމަށްޓަކައި ފޯމު ފުރިހަމަކުރަންޖެހޭ ފަރާތްތަކަށް އެ ފޯމުތައް ހުސްނުވެ ލިބެންހުންނާނެ އިންތިޒާމު ހަމަޖެއްސުން.
(ށ) އުފަންވާ ކުދިންގެ ފޫޅުމާ ފޯމުގެ ކޮޕީ ހޯދަން އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ ލިޔުން ދޫކުރުމާއި، އެ ފޯމުގައިވާ މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ މަޢުލޫމާތު ދޫކުރުން.
(ނ) ދިވެހިރާއްޖޭގައި މަރުވާ ކޮންމެ މީހަކަށް މަރު ސާބިތުކުރާ ފޯމު ފުރިހަމަކުރުމަށްޓަކައި މަރު ސާބިތުކުރާ ފޯމު ފުރިހަމަ ކުރަންޖެހޭ ފަރާތްތަކަށް އެ ފޯމުތައް ހުސްނުވެ ލިބެންހުންނާނެ އިންތިޒާމު ހަމަޖެއްސުން.
(ރ) މަރުވާ މީހުންގެ މަރު ސާބިތުކުރާ ފޯމުގެ ކޮޕީ ހޯދަން އެދޭ ފަރާތްތަކަށް، ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ ލިޔުން ދޫކުރުމާއި، އެ ފޯމުގައިވާ މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ މަޢުލޫމާތު ދޫކުރުން.
(ބ) އުފަންވާ ކުދިންނާއި، މަރުވާ ކުދިންނާއި މީހުންގެ މަޢުލޫމާތު ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައްޔާއި، ސަރަޙައްދީ ފެންވަރުގައްޔާއި، މަރުކަޒީ ފެންވަރުގައި ބަލަހައްޓާ ފަރާތަތްތަކަށް ބޭނުންވާ ތަމްރީނު ދިނުން.
(ޅ) ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި، މަރުވާ ކުދިންނާއި މީހުންގެ މަޢުލޫމާތު ހުރިހައި ސަރަޙައްދުތަކަކުން އެއްކޮށް، އެ މަޢުލޫމާތު ބަލަހައްޓައި، ކުރަންޖެހޭ ދިރާސާތައްކުރުން.
(ކ) އީ-ގަވަރމަންޓް ނިޒާމުގެ ދަށުން ޤާއިމުކޮށްފައިވާ "އޮންލައިން ބާރތު އެންޑް ޑެތު ރެޖިސްޓްރޭޝަން ސިސްޓަމް" ބެލެހެއްޓުން.
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ މަސައްކަތްތައް
1. ދިވެހިރާއްޖޭގައި ކެޑެސްޓްރަލް ސަރވޭ ސިސްޓަމެއް ޤާއިމުކޮށް، ބިމުގެ ސަރވޭތައް ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވައިލުން.
2. ޤައުމީ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް ޤާއިމުކޮށް، ދައުލަތުގެ ބިންތަކާބެހޭ އެންމެހައި މަޢުލޫމާތު އެއްކޮށް، އެ ނިޒާމުގެ ތެރެއިން އެ މަޢުލޫމާތު ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތްތައް ޤާއިމުކުރުން.
3. ރާއްޖޭގެ ޗާޓު އެކުލަވައިލުމާއި، ޗާޓް އިޞްލާޙުކޮށް ބެލެހެއްޓުމާއި ޝާއިޢުކުރުން.
4. ދިވެހިރާއްޖޭގެ ބިމުގެ ދަފުތަރު ޤާއިމުކޮށް ބެލެހެއްޓުން.
5. ފޮޓޮގްރަމެޓްރީއާބެހޭ މަސައްކަތްތައް ކުރުން.
6. ދައުލަތުގެ ބިންތައް ދެނެގަތުމާއި، ފާހަގަކުރުމާއި، އެ ތަންތަނާ ބެހޭ ފުރިހަމަ މަޢުލޫމާތު އެއްކޮށް، ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދީ، މަޢުލޫމާތު ރައްކައުތެރިކޮށް ބެލެހެއްޓުން.
7. ދައުލަތުގެ އެކި އެކި ބިންތަކުން ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ބަލައި ހޯދުން.
8. ބިމާބެހޭ ގޮތުން ސަރުކާރުން އެކުލަވައިލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި ފުރިހަމައަށް ބައިވެރިވުމާއި، އެ ކަންކަމަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން.
9. ސަރުކާރުގެ ސިޔާސަތުތަކާއި ޕްލޭންތައް ތަންފީޒު ކުރުމަށާއި، ދައުލަތުގެ އެންމެހައި ބޭނުންތަކަށް ބިން (މީހުންއުޅޭ ރަށްރަށާއި ފަޅުރަށްރަށުގެ ހިކިފަސްބިމާއި ފަޅާއި ކަނޑުގެ ބިން) ކަނޑައެޅުން.
10. ބިމާބެހޭގޮތުން ސަރުކާރުން އެކި ފަރާތްތަކާއެކު ހަދަންޖެހޭ އެއްބަސްވުންތައް އެކުލަވވައިލުމާއި، ތަންފީޒުކުރުމާއި، ބެލެހެއްޓުން.
11. ރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، ބިމާބެހޭ އިދާރީ އޮނިގަނޑު ހިންގައި ބަލަހައްޓައި، އެ ޤާނޫނު ހަރުދަނާ ކުރުމަށްޓަކައި ލަފަޔާއި އިރުޝާދު ދިނުން.
12. ރާއްޖެއިން ބިން ދޫކުރުމާއި، ރާއްޖޭގައި ބިން ބޭނުންކުރުމާއި، ބިމުގެ ވެރިފަރާތް ބަދަލުކުރުމާއި، ބިން ވިއްކުމާއި، ކުއްޔަށް ދިނުންފަދަ މުޢާމަލާތްތަކާ ބެހޭ އުސޫލުތައް ހަރުދަނާކޮށް ތަރައްޤީކޮށް، މިފަދަ މުޢާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދިނުން.
13. ރާއްޖޭގެ ރަށްރަށުގެ ބިމުގެ ޗާޓް އިޞްލާޙުކޮށް ބެލެހެއްޓުމާއި ޝާއިޢުކުރުން.
14. ރާއްޖޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭންތައް ތައްޔާރުކުރުމާއި، ބިން ބޭނުންކުރާނެ ގޮތްތަކާއި ސަރަޙައްދުތައް ކަނޑައެޅުން.
15. ބިން ބެލެހެއްޓުމާއި ބިމުގެ މުޢާމަލާތުތައް ކުރުމާއި، މބިމާބެހޭ އެންމެހައި ކަންތައްތައް ކުރުމަށް ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހިންގައި ބެލެހެއްޓުމާއި، ކަމާގުޅޭ ޤާނޫނުތައް މުރާޖަޢާކޮށް އެ ވަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރަށް ލަފަޔާއި އިރުޝާދު ދިނުން.
16. ރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ނަގަންޖަހޭ ޓެކުހާއި ސރޯޔަލްޓީއާއި އެހެނިހެން ފީތައް ކަނޑައެޅުމާއި، އެފަދަ ޓެކުހާއި ފީތައް ނެގުމަށް ދައުލަތުން ކަނޑައަޅައިފައިވާ މުއައްސަސާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
17. ރާއްޖޭގައި ބިން ދޫކުރުމާއި، ބިން ގެންގުޅުމާއި، ބިމުގެ ވެރިފަރާތް ބަދަލުކުރުމާއި، ބިން ވިއްކުމާއި، ބިން ކުއްޔަށް ދިނުންފަދަ މުޢާމަލާތްތައް ހިންގުމަށް އާންމު ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބޭނެ ނިޒާމެއް ޤާއިމްކޮށް، އެ ކަންކަން ހިންގައި ބެލެހެއްޓުން.
18. ރާއްޖެއަށް ފައިދާހުރި، ބިމާބެހޭ ބައިނަލްއަޤުވާމީ އޯގަނައިޒޭޝަންތަކާއި ޖަމްޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުން. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އޯގަނައިޒޭޝަންތަކާއި، ޖަމާޢަތްތަކާ ގުޅިގެން ބިމާބެހޭ އިދާރީ ހިންގުމާއި ކުރިއެރުމަށް ބޭނުންވާ ޓެކްނިކަލް ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، އެފަދަ ޕްރޮގްރާމްތައް ހިންގުން.
19. ލޭންޑް ސަރވޭކުރުމާއި ލޭންޑް މެނޭޖްކުރުމާބެހޭ ބައިނަލްއަޤްވާމީ އޯގަނައިޒޭޝަންތަކާއި ޖަމްޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުން.
20. ބިމާބެހޭ މުޢާމަލާތްތައް ހިންގުމަށް ބޭނުންވާ ފަންނީ ޤާބިލްކަން އިތުރުކޮށް، މިކަމާބެހޭ ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުން.
21. ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ހިންގުމަށްޓަކައި ހަދަންޖެހޭ ކޮމެޓީތައް ހެދުމަށް ސަރުކާރަށް މަޝްވަރާދީ، އެ ކޮމިޓީތަކުގެ މަސައްކަތްތަކަށް އެހީތެރިވެދިނުން.
22. ބިމުގެ މައްސަލަތަކާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، މިފަދަ މުއައްސަސާތައް މެދުވެރިކޮށް ބިމުގެ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
23. ފިޒިކަލް ސަރވޭކުރުމުގެ ގަވާއިދުތަކާއި، މިންގަނޑުތައް އެކުލަވައިލައި ހިންގުމާއި، ސަރުކާރުގެ ފަރާތްތަކުންނާއި، އަމިއްލަ ފަރާތްތަކުން ކުރާ ފިޒިކަލް ސަރވޭތަކަށް ހުއްދަދިނުމާއި، ރާއްޖޭގައި ހިންގޭ ފިޒިކަލް ސަރވޭތަކާއި، ސަރވޭޔަރުންގެ ރަޖިސްޓަރީ ބެލެހެއްޓުން.
24. މިނިސްޓްރީން ކަނޑައަޅާ ފިޒިކަލް ސަރވޭތައް ހެދުމާއި، މިފަދަ ފިޒިކަލް ސަރވޭތަކުން އެއްކުރެވޭ މަޢުލޫމާތު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ފޯރުކޮށްދިނުމާއި، ޤައުމީ ފެންވަރެއްގައި ފިޒިކަލް ސަރވޭ ކުރުމުގެ ވަސީލަތްތައް ބިނާކޮށް ތަރައްޤީކުރުން.