ރ.އިނގުރައިދޫ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިއްޖެ

18 ޖުލައި 2022

ރ.އިނގުރައިދޫ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިއްޖެ
އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް އެ ކުންފުނިން މިނިސްޓްރީއާއި ގުޅިގެން ވަނީ 30 ޖޫން 2022 އިން 02 ޖުލައި 2202 އަށް ސިސްޓަމް ޓެސްޓުކޮށްފަ އެވެ.
އިނގުރައިދޫގައި ގާއިމުކުރި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް" އާ އެއްގޮތަށް އާރް.އޯ ސިސްޓަމަށް ވާރޭފެން އެއްކުރެވިގެން ފެނުގެ ހިދުމަތް ދެވޭނެ ނިޒާމެކެވެ.
މި ނިޒާމުގެ ދަށުން ދުވާލަކަށް 40 ޓަނުގެ ފެން އުފައްދާ ދެ RO ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 300 ކިއުބިކް މީޓަރުގެ ޓޭންކެއް ވަނީ ގާއިމުކޮށްފައެވެ.  އަދި ތިން ޕަންޕިންގ ސްޓޭޝަން އާއި10.91 ކިލޯމީޓަރުގެ ފެނުގެ އަދި 1.11 ކިލޯމީޓަރުގެ ނަރުދަމާ ވިއުގަ އެއް ގާއިމުކޮށްފައިވެއެވެ.
މި މަޝްރޫޢު ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެއީ 33،995،525.00 ރުފިޔާއަށެވެ.