ށ.ނަރުދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
28 އޭޕްރީލު 2022

ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ.ނަރުދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތްމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލު ކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫޢުގެ ދަށުން 36،010 ކިއުބިކް މީޓަރަށް (މެދު ދިޔައިން ފެށިގެން 3.5- މީޓަރ ހަމަވާ ވަރަށް) ނަރުދޫ ބަނދަރު ފުންކުރާނެ އެވެ. އަދި 15،202 ކިއުބިކް މީޓަރަށް (މެދު ދިޔައިން ފެށިގެން 3.5- މީޓަރ ހަމަވާ ވަރަށް) ނަރުދޫ ބަނދަރަށް އިތުރުކުރެވޭ ބައި ފުންކުރާނެ އެވެ. އަދި ނަރުދޫ ބަނދަރަށް ވަންނަ ނެރު 1،120 ކިއުބިކް މީޓަރަށް ފުންކުރާނެ އެވެ. އެއީ މެދު ދިޔައިން ފެށިގެން 4.0- މީޓަރ ހަމަވާ ވަރަށެވެ.
މީގެ އިތުރުން 399 މީޓަ ބޮޑު ހިލައިން ބޭރު ތޮށި ޖެހުމުގެ މަސައްކަތާއި، 205 މީޓަރ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި، 196 މީޓަރ ސްކޯރިންގ އެޕްރަން ޖެހުމާއި، 2 ނެވިގޭޝަން ލައިޓް ހަރުކުރުމުގެ މަސައްކަތް އަދި 210 މީޓަރ އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރާނެއެވެ. އަދި 10 މޫރިންގ ބޮއި ހަރުކުރުމުގެ މަސައްކަތާއި، 10 މީޓަރ × 9 މީޓަރގެ ރޭމްޕެއް ހެދުމުގެ މަސައްކަތާއި، 10 މަގުމައްތި ހަތުމުގެ މަސައްކަތް އަދި 955 އަކަ މީޓަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރާނެ އެވެ.
108،530،091.37 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 540 ދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.