ށ.މަރޮށި ބަނދަރު ހެދުމަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި

15 ސެޕްޓެމްބަރު 2021

ށ.މަރޮށި ބަނދަރު ހެދުމަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި
ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ.މަރޮށި ބަނދަރު ހެދުމަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ޒަމީރު އެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 26،330.00 ކިއުބިކް މީޓަރ ބަނދަރާއި ނެރު ފުން ކުރުމާއި، 202 މީޓަރ ގްރޮއިން ޖެހުމާއި، 490 މީޓަރ ސޭންޑް-ފިލް ބްރޭކް ވޯޓަރ ޖެހުމާއި، 131 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި،  268 މީޓަރ ރިވެންޓްމެންޓް ޖެހުމާއި، 02 ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 416 މީޓަރ އެއްގަމު ތޮށި ޖެހުމާއި، 75 މޫރިންގ ރިންގު ހަރުކުރުމާއި، 12 މޫރިންގ ބޮއި ހަރުކުރުމާއި، އެއްގަމުތޮށިން ބޭރުތޮށްޓަށް އެރުމަށް ބްރިޖެއް އެޅުމާއި (9މ x 10މ) ރޭމްޕް ހެދުމާއި، 20 މަގު ބައްތި ހަރުކުރުމާއި 2080 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.
43,316,792.23   ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.