ސ.ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފި

25 ޖެނުއަރީ 2023

ސ.ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފި
ސ.ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ފެނަކައާ މި މަޝަރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 350 ދުވަހުގެ ތެރޭ ނިންމުމަށެވެ. މި މަސައްކަތަކީ 21،523،987.50 ރުފިޔާގެ މަޝްރޫޢުއެކެވެ.
މި މަޝަރޫޢުގެ ދަށުން ހިތަދޫގައި އަލަށް މީހުން އާބާދުވާ ސަރަހައްދުގެ ތެރެއިން ފެނާއި ނަރުދަމާ ޤާއިމު ކުރެވިފައި ނުވާ ސަރަހައްދުގައި ނަރުދަމާ ހޮޅި އަޅާ، ނަރުދަމާ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން ފެނުގެ ވިއުގައެއް އަޅަ، ފެން މީޓަރު ބަހައްޓާ، މިހާރު އައްޑޫ ހިތަދޫގައި ދެމުންދާ ފެނާއި ނަރުދަމާގެ ނިޒާމާ ގުޅާލުމުގެ މަސައްކަތް މި އެއްބަސްވުމުގެ ދަށުން ކުރާނެ އެވެ. 
މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤު އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އެވެ.