ރ.މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި

13 ޖެނުއަރީ 2022

ރ.މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި
ރ.މާކުރަތު ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފި އެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިއާ އަޙުމަދު ޙަމީދުއެވެ. އަދި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭ 45،023.84 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 140 މީޓަރ ބޭޜު ތޮށި ޖެހުން، 28 މީޓަތ ގްރޮއިން ޖެހުން، 129 މީޓަރ އެއްގަމު ތޮށި ޖެހުން، 26 މޫރިންގ ބޮއި ހަރުކުރުން، 9×10 މީޓަރ ރޭމްޕް ހެދުން، 641 އަކަ މީޓަރ ޕޭމަންޓު ހެދުން، 9 މަގު ބައްތި ޖެހުމުގެ އިތުރުން މިހާރު ހުރި ބަނދަރުގައި ހުރި މަރާމާރުގެ މަސައްކަތް ކުރުން ހިމެނެއެވެ.
26،677،466.90 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 350 ދުވަހުގެ ތެރޭ ނިންމުމަށެވެ.