ރ.އަލިފުށި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
16 އޭޕްރީލު 2023

ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ.އަލިފުށި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.
މި އެއްބަސްވުމުގެ ދަށުން ރ.އަލިފުށީގައި 3.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމުގެ މަސައްކަތް، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް އަދި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
90،956،112.97 ރުފިޔާއަށް އާރުޑީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭ ނިންމުމަށެވެ.