ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުއްވައިދެއްވައިފި

11 ފެބްރުއަރީ 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުއްވައިދެއްވައިފި
މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރު ދިޔުމަށް ތަރައްޤީކުރި ކުޑަގިރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ރަސްމީކޮށް ހުޅުއްވާދެއްވައިފިއެވެ. 
ފަޅެއް ހިއްކައިގެން ތަރައްޤީކުރި ކުޑަގިރި ޕިކްނިކް އައިލެންޑްގެ މަސައްކަތް ސަރުކާރުގެ ކަމާގުޅުންހުރި މުވައްސަސާތައް ގުޅިގެން ފެށީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމްމުހައްމަދު ސާލިހް މާލޭގެ ރައްޔިތުންނަށް ވީ މުހިއްމު އެއް ވައުދު މިއަދު ފުއްދިއްޖެ ކަމަށެވެ. 
ކުޑަގިރި ޕިކްނިކް އައިލެންޑުގައި އާއްމު ޚިދުމަތްތަކުގެ ގޮތުގައި ރަށުގެ އެކި ސަރަޙައްދުތަކުގައި ހަޓުތައް ހެދުމާއި، އައުޓް ޑޯ ފެންމާގަނޑާއި ފާޚާނާ ބަރިއާއި ޗޭންޖިންގ ރޫމާއި މިސްކިތްވަނީޤާއިމުކޮށްފައެވެ. 
މީގެ އިތުރުން، ވޯޓަރ ސްޕޯޓްސް އާއި ކުޅިވަރު ކުޅެވޭނެ ފެސިލިޓީތަކާއި ކެފޭއަކާއި ފިހާރައެއް ވަނީ ޤާއިމުކޮށްފައެވެ. އަދި، ބާބަކިއު އޭރިއާ އާއި ކުޑަކުދިންނަށް ޚާއްސަ ޕާކެއް ޕިކްނިކްއައިލެންޑުގައި ވަނީ ޤާއިމްކޮށްފައެވެ. 
ކުޑަގިރިއަށް ދަތުރުދާ މީހުންނާށް ފަސޭހަވާނެ ގޮތަށް ހަޓުތައް ޤާއިމްކޮށްފައިވާއިފު އެތަނުގައި ކެއްކުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. އަދި، ހަމައެކަނި ހިތްހަމަޖައްސާލާ އާއިލާއާއެކުވަގުތު ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް ރެސްޓޯރަންޓުގެ ހިދުމަތް ލިބެން ހުރުމަކި ލުއި ފަސޭހަގޮތެއްގައި ޗުއްޓީއެއް ހޭދަކޮށްލުމަށްވެސް މަގުފަހިވާމެ ފުރުސަތެކެވެ.