ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ސ.މަރަދޫ ބަނދަރު އިފްތިތާޙްކޮށްދެއްވައިފި

27 މާރިޗު 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ސ.މަރަދޫ ބަނދަރު އިފްތިތާޙްކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީގެ މަރަދޫ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ނިންމާ މިއަދު މަރަދޫ ބަނދަރު ރަސްމީކޮށް ހުޅުވި އިރު، މި ބަނދަރު ރަސްމީކޮށް އައްޑޫ ސިޓީ ކައުންސިލާއި ހަވާލު ކޮށްދެއްވީ މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އަކްރަމް ކަމާލުއްދީން އެވެ. 
މި މަޝްރޫޢުގެ ދަށުން މަރަދޫ ބަނދަރު ފުންކޮށް، ސޭންޑް-ފިލް ބްރޭކްވޯޓަރ ހަދާ، 340 މީޓަރުގެ ރިވެޓްމަންޓް ޖަހާ، 276 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮށި ޖެހުމުގެ އިތުރުން، އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކޮށްފައިވެ އެވެ. 
މި މަޝްރޫޢަކީ 28،247،365.48 ރުފިޔާގެ މަޝްރޫޢުއެކެވެ.