ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީގެ މީދޫ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައިފި

28 މާރިޗު 2022

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީގެ މީދޫ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީގެ މީދޫ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕލކ (އެމްޓީސީސީ) އިން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ނިންމާ މިއަދު މަރަދޫފޭދޫ ބަނދަރު ރަސްމީކޮށް ހުޅުވި އިރު، މި ބަނދަރު ރަސްމީކޮށް އައްޑޫ ސިޓީ ކައުންސިލާއި ހަވާލު ކޮށްދެއްވީ މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް ޝިފާޒް އަލީ އެވެ. 
މި މަޝްރޫޢުގެ ދަށުން މީދޫ ނެރާއި ބަނދަރު ފުންކޮށް، ބޭރުތޮއްޓާއި އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި ބަނދަރު ރޭމްޕް ހަދާ، އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓް ހަދާ، ޕޭވްމަންޓުގައި ފެންހިނދުމަށް ސެޓްލްމަންޓް ޓެންކް ބަހައްޓާފައި ވެއެވެ. މީގެ އިތުރުން މި އެއްބަސްވުމަށް އިތުރު ކުރެވުނު ބައިގެ ދަށުން މީދޫ ބަނދަރުގެ ބޭރު ތޮށީގެ ސޭންޑް ފިލް ބްރޭކްވޯޓަރ އަކަށް ބަދަލުކޮށް، އިތުރު 125 މީޓަރގެ އެއްގަމު ތޮށި ޖަހާފައިވެ އެވެ. އަދި ބަނދަރުގައި ޕޭވްމަންޓު ހަދާ، 10 މީޓަރ ޖިއޯ ބޭޖް ރިވެޓްމަންޓް ޖަހާ، 7 ލައިޓު ހަރުކޮށްފައިވެ އެވެ. 
23 ޖޫން 2019 ގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރި އިރު، މި މަޝްރޫޢު ހަވާލު ކޮށްފައިވަނީ 35،436،107.38 ރުފިޔާގެ ބަޖެޓަކާ އެކުއެވެ. ނަމަވެސް ފަހުން އެއްބަސްވުމަށް އިތުރު ކުރެވުނު މަސައްކަތްތަކާއެކު މި އަދަދު ވަނީ 36،516،251.78 ރުފިޔާއަށް އިތުރު ވެފަ އެވެ.