ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީގެ މަރަދޫފޭދޫގެ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައިފި

27 މާރިޗު 2022

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީގެ މަރަދޫފޭދޫގެ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީގެ މަރަދޫފޭދޫ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައިފި އެވެ.
ހެވީފޯސް ޕްރައިވެޓް ލިމިޓެޑް އިން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ނިންމާ މިއަދު މަރަދޫފޭދޫ ބަނދަރު ރަސްމީކޮށް ހުޅުވި އިރު، މި ބަނދަރު ރަސްމީކޮށް އައްޑޫ ސިޓީ ކައުންސިލާއި ހަވާލު ކޮށްދެއްވީ މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އަބްދުﷲ ސާދިޤު އެވެ. 
މި މަޝްރޫޢުގެ ދަށުން މަރަދޫފޭދޫ ބަނދަރާއި ނެރު ފުންކޮށް، ސޭންޑް-ފިލް ބްރޭކްވޯޓަރ ހަދާ، 243 މީޓަރުގެ ދިގުމިނުގައި ބޮޑު ހިލައިގެ ބޭރުތޮށި ޖަހާ،260 މީޓަރުގެ ކޮންކްރީޓް އެއްގަމު ތޮށި ޖެހުމުގެ އިތުރުން، އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުމުގެ މަސައްކަތް ހެވީފޯސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވެ އެވެ. 
24 ޖޫން 2019 ގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރި އިރު، މި މަޝްރޫޢު ހަވާލު ކޮށްފައިވަނީ 31،685،368.85 ރުފިޔާގެ ބަޖެޓަކާ އެކުއެވެ. ނަމަވެސް ފަހުން އެއްބަސްވުމަށް އިތުރު ކުރެވުނު މަސައްކަތްތަކާއެކު މި އަދަދު ވަނީ 40،070،777.72 ރުފިޔާއަށް އިތުރު ވެފަ އެވެ.