ޕޮލްކޯ ޓަވަރ އޭ، ބީ އަދި ސީ ގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި

30 ޑިސެމްބަރު 2021

ޕޮލްކޯ ޓަވަރ އޭ، ބީ އަދި ސީ ގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި
މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށް ހުޅުމާލެ ފޭސް 1 ގައި އިމާރާތްކުރަން ފަށާފައިވާ ޕޮލްކޯ ފްލެޓްތަކުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ، މުޙައްމަދު އިރުފާނެވެ.
ޖުމްލަ 361 ޔުނިޓްގެ 3 ޓަވަރުގައި ހިމެނޭ ޔުނިޓެއްގެ ބޮޑުމިނަކީ 1100 އަކަފޫޓެވެ. މި ޓަވަރުތަކުގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި އެޕާޓްމަންޓްތަކުގެ އިތުރުން، ޕާކިންގ އޭރިއާ، ކޮމާޝަލް އޭރިއާ އަދި މަލްޓިޕަރޕޯސް ހޯލް ހިމެނެއެވެ. މި މަޝްރޫޢު ވިލަރެސްކޮށް ހިންގުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސަސް ގުޅިގެންނެވެ.
274,554,916.43 ރުފިޔާ ހަރަދުކޮށްގެން މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.