ނ.ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީޢާ ހަވާލުކޮށްފި

12 މާރިޗު 2023

ނ.ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީޢާ ހަވާލުކޮށްފި
ނ. ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މި މަޝްރޫޢުގެ ދަށުން ކެނދިކުޅުދޫގައި ފާހަގަކުރެވިފައިވާ ލަފާ ފުރުމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ބަނދަރު ބޮޑުކުރެވި އަދި ރަށުގެ އުޅަނދުތައް އެހެލުމައްޓަކައި ބޯޓުބީޗިން އޭރިއާއެއް ހެދުމުގެ މަސައްކަތް ކުރާނެ އެވެ. އެގޮތުން ރަށުގެ ހުޅަނގު ފަރާތު ބަނދަރުގެ އުތުރުން ބަދަރު ބޮޑުކުރުން، ބަނދަރު ނެރުފައިކަށި ދިގުކުރުމަށް 168 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި، ބަނދަރު ބޮޑުކުރާ ބައިގެ 200 މީޓަރު ބޮޑުހިލަ ބޭރުތޮށި، ބެކްފިލް ކުރާބައިގެ 130 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް، 246 މީޓަރުގެ ބޮޑުހިލަ ގްރޮއިން، 249 މީޓަރުގެ ކީވޯލް، 86 މީޓަރުގެ ޖެޓީގެ މަސައްކަތް ކުރާނެ އެވެ. 
79،022،724.12 ރުފިޔާ އަށް އެމްޓީސީސީއާ މި މަަސައްކަތް ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭ ނިންމުމަށެވެ.