ނައިފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފި
04 އޯގަސްޓު 2022

ނައިފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފި އެވެ.
އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހު 19 އިން 22 އަށެވެ.
ނައިފަރުގައި ގާއިމްކުރި ފެނުގެ ނިޒާމުގެ ދަށުން އެ ރަށުގެ 1510 ގެއަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދެވޭނެ އެވެ. އެ މަސައްކަތް ކުރުމަށް ދުވާލަކަށް 100 ޓަނުގެ ފެން އުފައްދާ ދެ RO ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 1300 ކިއުބިކް މީޓަރުގެ ޓޭންކެއް ވަނީ ގާއިމުކޮށް ޓެސްޓުކޮށްފައެވެ.
މި މަޝްރޫޢު ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވަނީ 26 އޮކްޓޯބަރު 202 ވަނަ އަހަރު 13.136.034.10 ރުފިޔާއަށެވެ.