ނ. ވެލިދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީ އާއި ހަވާލު ކޮށްފި

15 ނޮވެމްބަރު 2021

ނ. ވެލިދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީ އާއި ހަވާލު ކޮށްފި
ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ. ވެލިދޫ ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލު ކޮށްފި އެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ހަމީދެވެ. އަދި ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކެވެ.
މި މަޝްރޫޢުގެ ދަށުން ނ. ވެލިދޫގައި 5 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމުގެ އިތުރުން މަގު ބައްތި ޖަހާނެ އެވެ.
450 ދުވަސް ތެރޭ ނިންމުމަށް ހަވާލު ކޮށްފައިވާ މި މަޝްރޫޢުއަކީ 88،540،833.87 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢު އެކެވެ.