މ.މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކޮށްފި

30 އޯގަސްޓު 2023

މ.މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކޮށްފި
މ.މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ އެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮި ކުރެއްވީ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. 
މި މަޝްރޫޢުގެ ދަށުން މ.މުލި އާއި މ.ނާލާފުށިއާއި ދެމެސު 565 މީޓަރގެ ކޯޒްވޭއެއް އަޅާނެއެވެ. އަދި މި ކޯޒްވޭގެ ތިން ސެގްމެންޓެއްގައި 105 މީޓަރގެ ބްރިޖެއް އަޅާނެއެވެ.
މީގެ އިތުރުން ކޯޒްވޭގެ މަގުތަށް ހެދުމާއި، ތާރު އެޅުމުގެ މަސައްކަތާއި 112 މީޓަރ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އަދި 15 މީޓަރގެ ގްރޯއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. 
125،587،778.40 ރުފިޔާއަށް އެމްޓީސީސީއާ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭ ނިންމުމަށެވެ.