މ.މުލައް ބަނދަރު ބޮޑުކުރުމާއި ނެރުފައިކަށި ހެދުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

30 އޯގަސްޓު 2023

މ.މުލައް ބަނދަރު ބޮޑުކުރުމާއި ނެރުފައިކަށި ހެދުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މ.މުލައް ބަނދަރު ބޮޑުކުރުމާއި ނެރުފައިކަށި ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓޤރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. 
މި މަޝްރޫޢުގެ ދަށުން މެދު ދިޔައިން ފެށިގެން 3- މީޓަރ ހަމަވާ ވަރަށް، 44،500 ކިއުބިކް މީޓަރ އައު ބަނދަރު ފުންކުރުމުގެ މަސައްކަތާއި، މެދުދިޔައިން ފެށިގެން 3.5- މީޓަރ ހަމަވާ ވަރަށް، 23،100 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމުގެ މަސައްކަތާއި މެދުދިޔައިން ފެށިގެން 4- ހަމަވާ ވަރަށް، 2،520 ކިއުބިކް މީޓަރ ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެ އެވެ. 
މީގެ އިތުރުން 253 މީޓަރ ސޭންޑްފިލް ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތާއި 53 މީޓަރ ރިވެޓްމަންޓް ޖެހުމުުގެ މަސައްކަތާއި، 25 މީޓަރ ނެރުފައިކަށި ޖެހުމުގެ މަސައްކަތާއި، 8 މޫރިންގ ބޮއި ހަރުކުރުމުގެ މަސައްކަތާއި، 15 މަގު ބައްތި ހަރުކުރުމުގެ މަސައްކަތް އަދި 3062 އަކަ މީޓަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ.
62،634،246.84 ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 485 ދުވަހުގެ ތެރޭ ނިންމުމަށެވެ.