މ.މަޑުއްވަރި ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
23 އޯގަސްޓު 2022

މ.މަޑުއްވަރި ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ
ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި މަޝްރޫޢުގެ ދަށުން 38،800 ކިއުބިކް މީޓަރަށް (މެދު ދިޔައިން ފެށިގެން 3- މީޓަރ ހަމަވާ ވަރަށް) މަޑުއްވަރި ބަނދަރު ފުންކުރާނެ އެވެ. އަދި 54،093 ކިއުބިކް މީޓަރަށް (މެދު ދިޔައިން ފެށިގެން 4.0- މީޓަރ ހަމަވާ ވަރަށް) މަޑުއްވަރި ބަނދަރަށް ވަންނަ ނެރު ފުންކުރާނެ އެވެ.
މީގެ އިތުރުން 92،893 ކިއުބިކް މީޓަރ ސަރަހައްދަކަށް ބްރޭކްވޯޓާ، 600 މީޓަރ ބޮޑު ހިލައިގެ ބޭރު ތޮށި ޖެހުން އަދި 122 މީޓަރ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.
51,086,661.84 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 480 ދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.