މ.ކޮޅުފުށި ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީ އާއި ހަވާލު ކޮށްފި

28 ނޮވެމްބަރު 2021

މ.ކޮޅުފުށި ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީ އާއި ހަވާލު ކޮށްފި
މ.ކޮޅުފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ، ޝާހިދު ހުސެއިން މޫސާއެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރަށުގެ އިރުއުތުރު ފަރާތުގައި 136.6 މީޓަރގެ ރިވެޓްމަންޓަކާއި ރަށުގެ ދެކުނު ފަރާތުގައި 382.2 ރިވެޓްމަންޓެއް ގާއިމު ކުރުން، ޖުމުލަ 202.4 މީޓަރގެ ދެ ބްރޭކްވޯޓާ ގާއިމު ކުރުން، ރަށުގެ އިރު ދެކުނު ފަރާތުން ގިރާ ސަރަހައްދަށް ވެލި އެޅުން އަދި 30×60 މީޓަރގެ ދެ ސަރަޙައްދު ފުންކޮށް މޫދަށް އެރޭ ސަރަޙައްދުގެ ގޮތުގައި ތަރައްޤީކުރުން ހިމެނެއެވެ.
22،961،969.21 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.