މ.ކޮޅުފުށީގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
30 އޯގަސްޓު 2023

މ.ކޮޅުފުށީގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހަސަން ސައީދުއެވެ.
އެގޮތުން މި އެއްބަސްވުމުގެ ދަށުން ކޮޅުފުށީގައި 2.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމުގެ މަސައްކަތާއި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އަދި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
93،787،059.02 ރުފިޔާއަށް އާރުޑީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައެވެ.