މިހާތަނަށް މަސައްކަތް ނުފެށި އޮތް 23 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ހަވާލުކޮށްފި

30 ޑިސެމްބަރު 2021

މިހާތަނަށް މަސައްކަތް ނުފެށި އޮތް 23 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ހަވާލުކޮށްފި
މިހާތަނަށް މަސައްކަތް ނުފެށި އޮތް 23 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ.  ބ.ދޮންފަނު، ބ.ކިހާދޫ، ބ.ފުޅަދޫ، ބ.ފެހެންދޫ، ބ.ކުޑަރިކިލު، ނ.މަގޫދޫ، ށ.ބިލެއްފަހި، ށ.ނޫމަރާ، ލ. ކުނަހަންދޫ، މ. ނާލާފުށި، މ. ރަތްމަންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމާއި، ނ. މިލަދޫ، ނ. ލަންދޫ، ތ. ދިޔަމިގިލި، ތ. މަޑިފުށި އަދި  އދ. ފެންފުށީގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.
ކ. ތުލުސްދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށެވެ. 
ގއ. ދެއްވަދޫ އަދި ލ. ހިތަދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމާއި، އދ. އޮމަދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ މާކެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. 
އދ. ދިއްދޫ އަދި ގދ. ނަޑެއްލާގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށެވެ. 
އަދި ވ. ރަކީދޫގައި ފެނާއި ނަރުދަމާ ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ. 
ސްޓެލްކޯގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިފާނުގެ ނައިބު، ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.