މަނަދޫގައި 40 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފި

14 އޯގަސްޓު 2022

މަނަދޫގައި 40 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފި
ނ.މަނަދޫގައި 40 ހައުސިންގް ޔުނިޓު އެޅުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން އެވެ. އަދި ދޮންބޭޒްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫން އެވެ.
މި އެއްބަސްވުމުގެ ދަށުން މަނަދޫގައި އިމާރާތް ކުރެވިގެން ދާނީ 700 އަކަފޫޓުގެ 40 ހައުސިން ޔުނިޓެވެ. މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރޫމެއް ހިމެނޭނެ އެވެ. އަދި މި ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލިކޮށް، ޕާކެއް ގާއިމްކޮށް، ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ގާއިމް ކުރާނެ އެވެ.
ދިވެހި ސަރުކާރުގެ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން މި މަޝްރޫއަށް 40،315،837.96 ރުފިޔާ ހަރަދު ކުރެއެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.