މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓްގެ ދަށުން އަމީނީ މަގު މަރާމާތު ކުރަން އާރުޑީސީ އާ ހަވާލުކޮށްފި

03 ޖުލައި 2022

މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓްގެ ދަށުން އަމީނީ މަގު މަރާމާތު ކުރަން އާރުޑީސީ އާ ހަވާލުކޮށްފި
މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ. 
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދު އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މޫސާ އަލީ މަނިކު އެވެ. 
މި މަޝްރޫޢުގެ ދަށުން 1.7 ކިލޯމީޓަރު މަގުގައި ތާރުއަޅާ، އަމީނީ މަގުގައި ފެންހިންދާ ނިޒާމެއް ގާއިމުކުކުރުމުގެ އިތުރުން މަގުބައްތި ޖަހާނެ އެވެ.
84،414،546.83 ރުފިޔާއަށް އާރުޑީސީ އާ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭ ނިންމުމަށެވެ.