ޅ.ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފި
01 ސެޕްޓެމްބަރު 2023

ޅ.ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފިއެވެ.
ކުރެންދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ނިމުން ފާހަގަކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއެވެ. އަރިހުގައި ވަޑައިގެންނެވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމްއެވެ.
އިއްޔެ ފާހަގަކުރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްގެން ކުރިއަށްގެންގޮސްފައިވާ 44،882،495.31 ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް 23 މާރިޗް 2022 ގައި ފަށައި 1 މާރިޗް 2023 ގައި ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ދަށުން 802 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓު ޖަހައި 142 މީޓަރުގެ ބޮޑުހިލައިގެ ގްރޯއިން ޖަހައި، 361 މީޓަރ ބޮޑުހިލައިގެ ބްރޭކްވޯޓަރ ޖަހާފައިވެއެވެ.