ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފި
01 ސެޕްޓެމްބަރު 2023

ޅ. ހިންނަވަރުގައި އަލަށް ތަރައްގީކުރެވުނު ބަނދަރުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްފިއެވެ.
ހިންނަވަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގައި އަލަށް ތަރައްގީކުރެވުނު ބަނދަރުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއެވެ. އަރިހުގައި ވަޑައިގެންނެވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމްއެވެ.
އިއްޔެ ފާހަގަކުރި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްގެން ކުރިއަށްގެންގޮސްފައިވާ 110,968,215.10 ރުފިޔާގެ މްޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް 21 ނޮވެމްބަރ 2021ގައި ފަށާފައިވާއިރު، މި މަސައްކަތް އެއްކޮށް ނިންމާފައިވަނީ 05 އޮގަސްޓް 2023ގައެވެ.
މި މަޝްރޫޢުގެ ދަށުން 57 މީޓަރުގެ ރިވެޓްމަންޓު ޖަހައި 124 މީޓަރު ބޭރުތޮށި އަދި 114 މީޓަރު ގްރޮއިން ޖަހާފައިވެއެވެ. މީގެ އިތުރުން 113 މީޓަރ ޝީޓް ޕައިލް ކީ ވޯލް ޖަހާ، 119 މީޓަރ އެލްބްލޮކް ކީވޯލް ޖަހާ، 421 މީޓަރ އެލްބްލޮކް ކީވޯލް ޖަހާ، 06 މޫރިންގ ބްލޮކް ޖަހާ، އެއްގަމު ތޮށި ވަށައިގެން ވޭވްމަންޓް ޖަހާ، 34 މަގު ބައްތި ޖަހާފައިވެއެވެ.