ލ.ގަން ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި

24 މާރިޗު 2022

ލ.ގަން ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި
ލ.ގަން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޝިފާއު އަލީ އެވެ.
މި މަޝްރޫޢުގެ ދަށުން ގަމު ބަނދަރު އުތުރު ފަޅިން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި 30 މީޓަރ ގެ 3 ފައިކަށި (ސޭންޑް ފިލްޑް ގްރޯޢިން)، 50 މީޓަރ ގެ 1 ފައިކަށި (ގްރޯއިން) އަދި 30 މީޓާރގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެ އެވެ.
11،527،669.60 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.