ލ. އަތޮޅުގެ ފަސް ރަށެއްގައި ކޯޒްވޭ ހަދަން ހަވާލުކޮށްފި
22 ޖެނުއަރީ 2023

ލ. އަތޮޅުގެ ފަސް ރަށެއްގައި ކޯޒްވޭ އަޅަން އެމްޓީސީސީއަށް މިއަދު ހަވާލުކޮށްފި އެވެ.
މި ދެ މަޝްރޫޢުގެ ދަށުން ލ. ހިތަދޫ އާއި ލ.ކުނަހަންދޫ
އަދި ލ.ކަލައިދޫ އާއި ލ.ދަނބިދޫ ކޯޒްވޭއަކުން ގުޅާލެވިގެންދާނެއެވެ.
އެގޮތުން، ލ. ހިތަދޫ އާއި ލ.ކުނަހަންދޫ އަދި ލ.ކަލައިދޫ ގުޅުވައިލުމަށް 81،22،471.36 ރުފިޔާ ހަރަދުކުރާއިރު މި މަސައްކަތް ނިންމުމަށް ދީފައިވަނީ 500 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢޫގެ ސްކޯޕްގެ ދަށުން 390މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ލ.ހިތަދޫއިން
އިން ލ.މެންދޫ – 157.5މ ބްރިޖުން ގުޅާލައި، ލ.މެންދޫ
އިން ލ.ކުނަހަންދޫ - 157.5މ ބްރިޖުން ގުޅާލާނެއެވެ.
މީގެ އިތުރުން، ލ.
ކަލައިދޫ، ލ. ދަނބިދޫ ގުޅުވައިލުމަށް 155,941,090.92 ރުފިޔާ ހަރަދުކުރާއިރު މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ދީފައިވަނީ 550 ދުވަހެވެ. މި މަޝްރޫޢުގެ ސްކޯޕްގެ ދަށުން 271 މީޓަރުގެ ރިވެޓްމަންޓު ޖަހާނެއެވެ. އަދި، ލ.ކަލައިދޫ އިން ލ.ދަބިދޫއަށް 225 މީޓަރުގެ 3 ބްރިޖުން ގުޅާލާނެއެވެ.
މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް
ޕްލޭނިންގ، ހައުސިންގ އެންޑް
އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާޠިމަތު
ޝާނާ ފާރޫޤު އެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް
ކޮންޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން މި ކޮންޓްރެކްގައި ސޮއިކުރެއްވީ އެ ކުންފުނީގެ
ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.