ކ.މާފުށީގައި އަލަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް މާފުށި ކައުންސިލާއި ހަވާލުކޮށްފި

28 ޑިސެމްބަރު 2021

ކ.މާފުށީގައި އަލަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް މާފުށި ކައުންސިލާއި ހަވާލުކޮށްފި
ކ.މާފުށީގައި އަލަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް މާފުށީ ކައުންސިލާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި ޖަލްސާގައި ކ.މާފުށީގައި އަލަށް ހިއްކި ބިމާއި ޕިކްނިކް އައިލެންޑު ކައުންސިލާއި ހަވާލު ކޯށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރ، މުހައްމަދު އަސްލަމް އެވެ. އަދި މާފުށީ ކައުންސިލްގެ ފަރާތުން ހަވާލުވެވަޑައިގަތީ ކައުންސިލްގެ ރައީސް ޙަސަން ޞަލާޙްއެވެ.
މި ރަސްމިއްޔާރުގައި ކ.މާފުށީގައި އަލަށް އިތުރު ކުރެވުނު ބިން މާފުއްޓާ ގުޅާލުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވެއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މާފުށީގައި އަލަށް ހިއްކި ބިމާއި އެރަށް ގުޅުވާލުމުގެ މަޝްރޫއަކީ 35,415,612.63 ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން މާފުށީގައި އަލަށް ހިއްކި ބިން އެރަށާ ގުޅުވާލުމަށް 137 މީޓަރގެ ކަނެކްޝަނެއް ގާއިމުކުރެވިގެން ދާނެ އެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވަނީ 365 ދުވަހެވެ.