ކ.ހިންމަފުށި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

12 މާރިޗު 2023

ކ.ހިންމަފުށި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކ.ހިންމަފުށި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މި މަޝްރޫޢުގެ ދަށުން ހިންމަފުށީގައި ފާހަގަކުރެވިފައިވާ ލަފާ ފުރުމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ބަނދަރު ބޮޑުކުރެވި އަދި ރަށުގެ އުޅަނދުތައް އެހެލުމައްޓަކައި ބޯޓުބީޗިން އޭރިއާއެއް ހެދުމުގެ މަސައްކަތް ކުރާނެ އެވެ. އެގޮތުން ރަށުގެ ދެކުނު ފަރާތުން ގިރަމުންދާ ސަރަޙައްދުގައި 160 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް، 53 މީޓަރުގެ ބޮޑުހިލަ ގްރޮއިން އަދި 127 މީޓަރުގެ ބޮޑުހިލަ ބޭރުތޮށީގައި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. 
11،807،280.36 ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭ ނިންމުމަށެވެ.