އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ފޭސް 2 އަދި ފޭސް 3ގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
14 އޭޕްރީލު 2022

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަސައްކަތުގެ ފޭސް 2 އަދި 3ގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއެކު ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި އެއްބަސްވުމާއެކު މުޅި ރާއްޖެއަށް ޕަބްލިކް ފެރީގެ ޚިދުމަތް ދިނުމަށް އެމްޓީސީސީއާ މިވަނީ ހަވާލު ކުރެވިފައެވެ.
އެގޮތުން މި ޚިދިމަތް ދިނުމަށް ބޭނުންވާ އުޅަނދުތައް ބަނުމާއި އެހެނިހެން އުމްރާނީ ވަސީލަތްތައް ޤާއިމު ކުރުން ފޭސް 2 އަދި 3ގައި ފެށިގެން ދާނެއެވެ. ހަމައެއާއެކު މި މަޝްރޫޢުގެ ސަބަބުން ގިނަ ވަޒީފާތަކެއް ފަހިވެ، އިޤްތިސާދީ ގޮތުން މުޅި ރާއްޖެ ގުޅާލުމަށް މަގުފަހިވެގެން ދާނެއެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ޕެސެންޖަރ ފެރީ ހިމަނައިގެން ފަރުމާކުރެވިފައިވާ މަޝްރޫއެކެވެ. ޕަބްލިކް ފެރީ ނެޓްވޯކް ފަރުމާކުރުމުގައި ސިއްޙީ އަދި ސަލާމަތީ މިންގަނޑުތަކާއި، ފަސިންޖަރުންނަށް ފަސޭހަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ޙިދުމަތް ފޯރުކޮށްދިނުމަށް އަހައްމިއްޔަތުކަން ދީފައިވެއެވެ. ފެރީ ނެޓްވޯކް ޤާއިމްވެގެން އަންނައިރު މި މަޝްރޫޢު ކުރިއަށް ގެންދަން ބޭނުންވާ އެހެނިހެން އިންފްރާސްޓްރަކްޗަރތައް (ފެރީ ޓަރމިނަލް އަދި އަރާ ފޭބުމުގެ މާލަން) ޒަމާނާ އެއްގޮތަށް ބިނާ ކުރެވިގެންދާނެއެވެ.
ޕަބްލިކް ފެރީ ނެޓްވޯކްގައި ހިމެނެނީ 6 ޒޯންއެވެ. އަދި ފެރީ ނެޓްވޯކް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 3 ފޭސްއަކަށް ބަހަލައިގެން ނެވެ.
އެގޮތުން މިހާރު ފޭސް 1 (ހއ،ހދ އަދި ށ) ގައި ޙިދުމަތް ދިނުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ދަނ ކުރަމުންނެވެ.