ހުވަދޫ އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު ފެރީގެ ދަތުރުފަތުރުތައް ރަސްމީކޮށް ފަށައިފި

30 އޯގަސްޓު 2023

ހުވަދޫ އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު ފެރީގެ ދަތުރުފަތުރުތައް ރަސްމީކޮށް ފަށައިފި
ހުވަދޫ އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު ފެރީގެ ދަތުރުފަތުރުތައް ރަސްމީކޮށް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުގެ ދަށުން ރާއްޖޭގެ ރަށްތައް ގުޅުވާލަދީ ދަތުރުފަތުރުގެ ނިޒާމް، އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ގެ ދެވަނަ ފިޔަވަހީގެ ޒޯން ފަހެއްގެ ދަތުރުފަތުރުތައް ރަސްމީކޮށް ފަށާފައިވަނީ ގދ.ތިނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. 
ގދ.ތިނަދޫގައި މިއަދު ބޭއްވި "ހުވަދުއަތޮޅު ގުޅާލުން" ރަސްމިއްޔާތުގައި މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އޮންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އަދި އެމްޓީސީސީގެ ޗީފް އެގްޒެކިއުޓިޗް އޮފިސަރ، އާދަމް އާޒިމް ވާހަކަ ދައްކަވާފައިވެއެވެ. 
އާރުޓީއެލް ފެރީގެ ހިދުމަތަކީ މުޅިން އަލަށް ހުވަދު އަތޮޅުގައި ފަށާ ހިދުމަތެއްކަމުން، 13 ޖުލައި 2023 އިން 19 ޖުލައި 2023އަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. މި ދަތުރުތައް ކުރިއަށް ގެންގޮސްފައިވަނީ އަގެއް ނުނަގައެވެ. އަދި ދަތުރުތަކަށް އަގު ނަގަން ފަށާފައިވަނީ 20 ޖުލައި 2023ގައެވެ.
މި ހިދުމަތުގެ ދަށުން ކުރެވޭ ދަތުރުތަކުގައި 3 އަހަރު ނުވާ ކުޑަކުދިންނާއި ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް (ޖެންޑަރ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ) ހިލޭ ދަތުރު ކުރެވޭނެ އެވެ.
މި ފެރީ ނިޒާމުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.