ހައިސްޕީޑް ފެރީ ނެޓްވޯކް އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމްގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކޮށްފި
16 މޭ 2022

ހައިސްޕީޑް ފެރީ ނެޓްވޯކް އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފި އެވެ.
މި އެއްބަސްވުމުގަިއ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަޙުމަދު ހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީން 6 ރަށެއްގައި ހައިސްޕީޑް ފެރީ ނެޓްވޯކް އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމު ކުރާނެ އެވެ. އެއީ ހދ.ކުޅުދުއްފުށި، ހދ. ހަނިމާދޫ، ހދ.ނޮޅިވަރަންފަރު، ހއ.ދިއްދޫ، ހއ.ހޯރަފުށި އަދި ހއ.ކެލާ އެވެ.
5،041،269.26 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 300 ދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.