ހދ.ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

31 އޮކްޓޯބަރު 2022

ހދ.ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ހދ.ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝަރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
47،621،920.40 ރުފިޔާ އަށް މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝަރޫޢުގެ ދަށުން ނޭކުރެންދޫ ބަނދަރު 22،323 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން 3.5- މީޓަރ ހަމަވާ ވަރަށް) ފުންކުރާނެއެވެ. އަދި 290 މީޓަރ ބްރޭކް ވޯޓާރ ޖެހުމުގެ މަސައްކަތް، 76 މީޓަރ ޗެނަލް ބްރޭކްވޯޓަރ ޖެހުމުގެ މަސައްކަތް އަދި 166 މީޓަރ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރާނެ އެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 212 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުމުގެ މަސައްކަތާ 212 މީޓަރ އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް އަދި 19 މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ނޭކުރެންދޫ ބަނދަރުގައި އެކްސެސް ޕްލެޓްފޯމް އަޅާ، 1859 އަކަ މީޓަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެ އެވެ. 
މި ކޮންޓްރެކްޓުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.