ހއ.މާރަންދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
03 ސެޕްޓެމްބަރު 2023

ހއ. މާރަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މި އެއްބަސްވުމުގެ ދަށުން މާރަންދޫގައި 9,248.00 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން 3.5- މީޓަރ ހަމަވާ
ވަރަށް) ބަނދަރު ފުން ކުރުމުގެ މަސައްކަތާއި، 45,000.00 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން 3.5- މީޓަރ ހަމަވާ
ވަރަށް) އައި ބަނދަރު ފުން ކުރުމުގެ މަސައްކަތާއި، 1,657.00 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން 4.0- މީޓަރ ހަމަވާ
ވަރަށް) ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެ އެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން 130 މީޓަރ ބޭރުތޮށި ޖެހުމުގެ މަސައްކަތާއި، 60 މީޓަރ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި، 20 މީޓަރ ނެރުފައިކަށި ޖެހުމުގެ މަސައްކަތާއި، 17 މީޓަރ ގްރޮއިން ޖެހުމުގެ މަސައްކަތާއި، 215 މީޓަރ އެއްގަމު ތޮށި ޖެހުމުގެ މަސައްކަތާއި،215 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން އަދި 54 މޫރިންގ ރިންގް ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 11 މޫރިންގ ބޮއި ހަރުކުރުމުގެ މަސައްކަތާއި، ބައު ބަނދަރުގެ ވެލި ދެމުމުގެ
މައްސަލަ ހައްލުކުރުން، 11x11 މީޓަރ ރޭންޕެއް ހެދުމުގެ މަސައްކަތާއި، އެކްސެސް ޕްލެޓްފޯމް އެޅުން އަދި 17 މަގުބައްތި ހަރުކޮށް، 02 ނެރު ބައްތި ޖެހުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރާނެ އެވެ.
43،982،195.40 ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 480 ދުވަހުގެ ތެރޭ ނިންމުމަށެވެ.