ހއ.އިހަވަންދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
03 އޭޕްރީލު 2023

ހއ.އިހަވަންދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ
ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް
ފައިނޭންޝަލް އޮފިސަރ އަލްފާޟިލް ޔާސިރް ހަސަނެވެ.
މި މަޝްރޫޢުގެ ދަށުން އިހަވަންދޫގައި 6.9 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމުގެ އިތުރުން، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމުކޮށް، މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
102,846,733.89 ރުފިޔާއަށް މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭ ނިންމުމަށެވެ.