ގދ.ތިނަދޫ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި

09 ޖެނުއަރީ 2022

ގދ.ތިނަދޫ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި
ގދ.ތިނަދޫ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ތޮލްހަތުއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މި މަޝްރޫޢުގެ ދަށުން ތިނަދޫގައި 219،595 އަކަ މީޓަރގެ ބިން ހިއްކާ، 1336 މީޓަރ ރިވެޓްމަންޓު ޖަހާ، ހުޅަނގު ދެކުނު ފަރާތުގައި 468 މީޓަރ ރިވެޓްމަންޓު ޖެހުމުގެ އިތުރުން، 284 މީޓަރ އެއްގަމު ތޮށި ލުމުގެ މަސައްކަތާއި 116.2x6 މީޓަރގެ ކޮންކްރީޓް ބްރިޖު އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިިވެއެވެ.
660 ދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުއަކީ 125،222،284.38 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.