ގދ.ގައްދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި

21 ޑިސެމްބަރު 2021

ގދ.ގައްދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި
ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ.ގައްދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. 
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމް އެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 13,498 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމުގެ މަސައްކަތާއި، ބަނދަރަށް އިތުރު ކުރެވޭ ބައިގެ ގޮތުގައި 9,519.20 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމުގެ މަސައްކަތާއި،  232 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމުގެ މަސައްކަތާއި، 35 މީޓަރ ރިވެޓްމަންޓު ޖެހުމުގެ މަސައްކަތުގެ އިތުރުން 320 މީޓަރ އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
38,414,550.52 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 365 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.