ގއ.ވިލިނގިލި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކޮށްފި
28 އޭޕްރީލު 2022

ގއ. ވިލިނގިލި މަގުތަކުގައި ތާރު އެޅުމުގެ ދެވަނަ ފޭސްގެ މަސައްކަތް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދު އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކުއެވެ.
މި މަޝްރޫޢުގެ ދަށުން ވިލިނގިލީގެ 5 ކިލޯމީޓަރ މަގުގައި ތާރު އެޅުމާއި އެ ރަށު މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމު ކުރާނެއެވެ. މީގެ އިތުރުން މަގުތަކުގައި މަގު ބައްތި ޖެހުމާއި ތާރު އަޅައިގެން އެ ރަށުގައި ހަދާފައިވާ މަގުތައް ރީސަރފޭސް ކުރުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރާނެ އެވެ.
98،330،536.18 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 490 ދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.