ގއ.ވިލިނގިލި ހިއްކި ބިން އަދި އަލަށް އާބާދުވި ސަރަހައްދުގައި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފި

25 ޖެނުއަރީ 2023

ގއ.ވިލިނގިލި ހިއްކި ބިން އަދި އަލަށް އާބާދުވި ސަރަހައްދުގައި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފި
ގއ.ވިލިނގިލި އަލަށް އާބާދުވި ސަރަހައްދު އަދި ހިއްކި ބިމުގައި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
480 ދުވަހުގެ ތެރޭ މި މަސައްކަތް ނިންމުމަށް ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފައިވަނީ 43،887،261.94 ރުފިޔާއަށެވެ.
މި އެއްބަސްވުމުގެ ދަށުން ގއ.ވިލިނގިލި އަލަށް އާބާދުވި ސަރަހައްދުގެ އިތުރުން އެރަށުގައި ފަހުން ހިއްކާފައިވާ ބިމުގައި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް، ޕަންޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް، ނަރުދަމާ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް އަދި ސީ އައުޓްފޯލް އެއް އެޅުމުގެ މަސައްކަތް ކުރާނެއެވެ.
މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤު އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އެވެ.