ގއ.ކޮލަމާފުށި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީ އާއި ހަވާލު ކޮށްފި

06 ޖެނުއަރީ 2022

ގއ.ކޮލަމާފުށި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީ އާއި ހަވާލު ކޮށްފި
ޑިޒައިން އެންޑް ބިލްޑް އުސޫލުން ގއ.ކޮލަމާފުށީގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލު ކޮށްފި އެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ތޮލްހަތުއެވެ. އަދި ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކެވެ.
މި މަޝްރޫޢުގެ ދަށުން ކޮލަމާފުށީގައި 4.8 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމުގެ އިތުރުން މަގު ބައްތި ޖަހާނެ އެވެ.
450 ދުވަސް ތެރޭ ނިންމުމަށް ހަވާލު ކޮށްފައިވާ މި މަޝްރޫޢުއަކީ 85،329،687.67 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢު އެކެވެ.