ގއ.ދެއްވަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީ އިން ސޮއިކޮށްފި

29 ޑިސެމްބަރު 2022

ގއ.ދެއްވަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީ އިން ސޮއިކޮށްފި
ގއ.ދެއްވަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޝިފާޢު އަލީ އެވެ.
މި އެއްބަސްވުމުގެ ދަށުން ގއ.ދެއްވަދޫގެ އުތުރު، އިރުމަތި އަދި ދެކުނު، ދެކުނުފަރާތުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން 120 މީޓަރގެ ބޮޑު ހިލައިގެ ރިވެޓްމަންޓް، އެގާރަ ބޮޑުހިލައިގެ ވައި-ގްރޮއިން (ޖުމުލަ 440 މީޓަރ) ޤާއިމު ކުރުމާއި ގޮނޑުދޮށް ވެލިން މުއްސަނދި ކުރުމުގެ މަސައްކަތް ކުރާނެ އެވެ. 
24,160,580 ރުފިޔާގެ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭ ނިންމުމަށެވެ.