ގއ. ވިލިނގިލީގައި އިމާރާތްކުރާ 50 ރޯހައުސްގެ ބިންގާ އަޅައިފި

17 ޖެނުއަރީ 2023

ގއ. ވިލިނގިލީގައި އިމާރާތްކުރާ 50 ރޯހައުސްގެ ބިންގާ އަޅައިފި
ގއ. ވިލިނގިލީގައި އިމާރާތްކުރާ 50 ރޯހައުސްގެ ބިންގާ އަޅައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވިލިނގިލީގައި އިމާރާތްކުރާ ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ވިލިނގިލިދާއިރާގެ މެމްބަރު ސައުދު ހުސައިން އަދިި އެ ރަށު ކައުންސިލް މެމްބަރުންނެވެ.
ވިލިނގިލީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޖޫންމަހުއެވެ. މިއެއްބަސްވުމުގެ ދަށުން ގއ.ވިލިނގިލީގައި 700 އަކަފޫޓުގެ 50 ހައުސިންގް ޔުނިޓު އިމާރާތް ކުރާނެއެވެ. 
އެގޮތުން މިއިން ކޮންމެ ހައުސިންގް ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ބެލްކަނީ، ލޯންޑަރީ އަދި ސްޓޯރޫމް އެއް ހިމެނޭނެއެވެ. އަދި މި ހައުސިންގްޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލި ކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރާނެ އެވެ. މީގެއިތުރުން، މި އެއްބަސްވުމުގެ ދަށުން ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ގާއިމު ކުރާނެ އެވެ.
48،164،794.10 ރުފިޔާއަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާ މި މަަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭ ނިންމުމަށެވެ.