ގއ. ދާންދޫ ބިންހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާހުކޮށްފި

19 ސެޕްޓެމްބަރު 2022

ގއ. ދާންދޫ ބިންހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާހުކޮށްފި
ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ދާންދޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ
މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއެކު ސޮއިކޮށްފައިވަނީ، 10 ނޮވެމްބަރު 2020ގަ އެވެ. އަދި، ބިން ހިއްކުމުގެ މަސައްކަތް 10 އޮގަސްޓު 2022 ގައި ފަށާފައިވާއިރު އިތުރު ކުރި މުއްދަތާއެކު މަސައްކަތް ނިންމުމަށް 677 ދުވަސް ދީފައިވެއެވެ.
ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާ، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރާނެއެވެ. އެގޮތުން، 833 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓު ޖެހުމާއި، 375 މީޓަރު ބޮޑުހިލައިގެ ބްރޭކްވޯޓާ އާއި 180 މީޓަރު ބޮޑު ހިލައިގެ ގްރޮއިން އަދި 345 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓު ޖެހުމަށް ވަނީ އެއްބަސްވެފައެވެ.
މި މަސައްކަތުގެ ދަށުން މުޅި މަޝްރޫޢުގެ 31 އިންސައްތަ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި، ބިންހިއްކުމުގެ 33 އިންސައްތަ ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ބިންހިއްކުމާއެކު ހިލަތޮށީގެ މަސައްކަތެވެ.
ދާންދޫ ބިންހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު އަބްދުﷲ އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާއި ދާންދޫ ކައުންސިލް މެމްބަރުން ވަނީ ބައިވެރިވިއެވެ.