ފ.ނިލަންދޫގައި ހުރި ވެކިއުމް ސްވަރޭޖް ސިސްޓަމް އަޕްގްރޭޑް ކުރަން ފެނަކައާ ހަވާލުކޮށްފި

25 ޖެނުއަރީ 2023

ފ.ނިލަންދޫގައި ހުރި ވެކިއުމް ސްވަރޭޖް ސިސްޓަމް އަޕްގްރޭޑް ކުރަން ފެނަކައާ ހަވާލުކޮށްފި
ފ.ނިލަންދޫގައި މިހާރު ހުރި ވެކިއުމް ސްވަރޭޖް ސިސްޓަމް އަޕްގްރޭޑް ކުރަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. އަދި ފެނަކައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އެވެ. 
މި އެއްބަސްވުމުގެ ދަށުން ފ.ނިލަންދޫގައި 2008 ވަނަ އަހަރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ވެކިއުމް ސްޓޭޝަން ހެދުން، ޕަންޕްތަކާއި އެހެނިހެން ތަކެތި ބަދަލު ކުރުން، ސީއައުޓްފޯލްއެއް އެޅުން އަދި ސްވަރ ޖެޓިންގ މެޝިނެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެއެވެ.
42،364،108.79 ރުފިޔާގެ މި މަޝްރޫޢު ފެނަކައާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭ ނިންމުމަށެވެ.