ފ.ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި
24 މޭ 2023

ފ.ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސި) އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި މަޝްރޫޢުގެ ދަށުން ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ އިތުރުން ރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ އެވެ.
އެގޮތުން ރަށުގެ އިރު އުތުރު ފަރާތުގައި 130 މީޓަރުގެ ބޮޑުހިލައިގެ ނެރުފައިކަށި، 131 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް، 194 މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓަރ، 30 މީޓަރު ދިގުމިނުގެ ޓީޖެޓީ، 237 މީޓަރުގެ ކޮންކޮރީޓް ކީވޯލް، 100 މީޓަރުގެ ކޮންކްރީޓް ޖެޓީ، ކޮންކްރީޓް ރޭމްޕް، ގޮނޑުދޮށް ހިމާޔަތްކުރުމަށް 75 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް، 5 މީޓަރު ފުޅާ ޕޭވްމަންޓާއިއެކު އައު ބަނދަރު ބައްތި އަދި އެކްސެސް ޕްލެޓްފޯމް ޤާއިމް ކުރުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރާނެ އެވެ.
66,695,528.52 ރުފިޔާއަށް މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 510 ދުވަހުގެ ތެރޭ ނިންމުމަށެވެ.