ފ.ފީއަލި ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

12 ޑިސެމްބަރު 2021

ފ.ފީއަލި ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
ފ.ފީއަލި ބިން ހިއްކުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
 މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް އެވެ.
މި މަޝްރޫޢުގެ ދަށުން ފީއަލީގައި 13.8 ހެކްޓަރުގެ ބިން ހިއްކުމާއި، ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 1060 މީޓަރގެ ރިވެޓްމަންޓާއި، 30 މީޓަރުގެ 5 ގްރޮއިން ޤާއިމުކުރެވިގެންދާނެއެވެ.
މި މަޝްރޫޢުއަކީ 66،853،846.69 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އަދި މި މަޝްރޫޢު އެމްޓީސީސީއާއި ހަވާލު ކުރީ 450 ދުވަހުގެ ތެރޭ ނިންމުމަށެވެ.