ފ. މަގޫދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވައިފި

28 މޭ 2023

ފ. މަގޫދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވައިފި

ފ. މަގޫދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވައިފިއެވެ. 
މަގޫދަުގައި މިރޭ ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެ ރަށު ފެނާއި ނަރުދަމާ ނިޒާމްގެ  ހިދުމަތް. ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.  
މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢު ޙަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވުސް ޕްރައިވެޓް ލިމިޓެޑާއެވެ. މަގޫދޫގައި ޤާއިމްކުރި މި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާރިސޯސް މެނޭޖްމަންޓް" އާއި އެއްގޮތަށް ޑީސެލިނޭޓެޑް ފެނާއި ވާރޭފެން އެއްކުރެވިގެން ފެނުގެ ޚިދުމަތް ދެވިގެން ދާނެ ނިޒާމެކެވެ. 
މި ނިޒާމުގެ ދަށުން ދުވާލަކަށް 35 ޓަނުގެ ފެން އުފައްދާ ދެ އާރު.އޯ ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 230 ކިއުބިކް މީޓަރގެ 2 ޓޭންކު ބަހައްޓައިފައިވެއެވެ. އަދި 5.4 ކިލޯމީޓަރުގެ ފެނުގެވިއުގަ އަޅާފައިވާއިރު 168 ގެއަށް ފެންގުޅައި ދީފައިވެއެވެ. 
މީގެ އިތުރުން ނަރުދަމާ ނިޒާމުގެ ދަށުން ދެ ޕަންޕިންގ ސްޓޭޝަން ހަދައި 4.2 ކިލޯމީޓަރގެ ހޮޅިއަޅައި، 168 ގެއަކަށް ނަރުދަމާގެ ޚިދުމަތް ގުޅައިދީފައިވެއެވެ.