ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ.ކުމުންދޫ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

05 އޮކްޓޯބަރު 2021

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ.ކުމުންދޫ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ.ކުމުންދޫ ބަނދަރު ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އޯ.އޯ، ޝާހިދު ހުސެއިން މޫސާއެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 9,346.56 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން 3.0- މީޓަރ ހަމަވާ ވަރަށް) ބަނދަރު ފުންކުރުމާއި، 4,954.91 ކިއުބިކް މީޓަރ ( މެދު ދިޔައިން ފެށިގެން 4.0- މީޓަރ ހަމަވާ ވަރަށް) ބަނދަރަށް ވަންނަ ނެރުފުންކުރުމާއި، 242 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 198 މީޓަރު ރިވެޓްމަންޓް ޖެހުމުގެ އިތުރުން 2 ނެވިގޭޝަން ލައިޓް ހަރުކުރުން ހިމެނެއެވެ.
 35,648,733.15 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 210 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.